ކެރެމަލްލީ ކަސްޓަރޑް
ްް
ބޭނުންވާތަކެތި
2 ޖޯޑު ކަސްޓަރޑް
4 ޖޯޑު ޕްލޭން މިލްކް (ޑަޗް ލޭޑީ)
2 ޖޯޑު ގާނާފައިހުރި ޕްލޭން ޗޮކޮލެޓް
1 ޖޯޑު ހިކިމޭބިސްކަދުރު
2 ޖޯޑުހަކުރު
ކޮކޯ (ކުލަ ހިފާވަރަށް ފެންފޮދެއްގައި ގިރާފައި ފުރާނާލާފައި)
ކޮފީއެސެންސް (ރަހަދޭވަރަށް)
ތައްޔާރުކުރާނެގޮތް
ކަސްޓަރޑް ކިރުގައި ގިރާލާފައި އުނދުންމައްޗަށް އުދާލާފައި މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ. ރޯނުފިލަނީސް ހިކޭގޮތްވާނަމަ ފެން ފޮދެއް އަޅާލާށެވެ. ދެން ހަކުރު ވަކިން ތެއްޔެއްގައި ހިތިރަހަ ނުދޭވަރަށް ބްރައުންކޮށްފައި ކަސްޓަރޑާއި އެއްކޮށްލާށެވެ. ދެން ގާނާފައި ހުރި ޗޮކޮލެޓް ފިޔަވައި ބާކީހުރި ހުރިހާބާވަތް އެއްކޮށް އަޅާލާފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ. ދެން ޓްރޭއަށްއަޅާފައި ހިހޫވީމާ ގާނާފައިހުރި ޗޮކޮލެޓް ބުރުވާލާފައި ފްރިޖަށް ލާށެވެ.