Juway's Recipes
cheesecake

ބޭކްޑް ޗީޒް ކޭކްް

ބޭނުންވާތަކެތި

90 ގ. ބަޓަރު
3/4 ޖޯޑު ކެސްޓަރ ޝުގަރ
1 ލުނބޯގެތޮށި (ގާނާފައި)
1 ލުނބޯގެހުތް
300 ގ. ކޯޓެޑް ޗީޒް
2 މޭޒުމަތީ ސަމުސާ ސެމޯލިނާ
1/2 ޖޯޑު އާމަންޑްސް
1/3 ޖޯޑު ހިކިމޭބިސްކަދުރު
2 ބިސް

ތައްޔާރުކުރާނެގޮތް

ބަޓަރު އޮމާންވަންދެން ގިރާލާފައި ހަކުރާއި ލުނބޯތޮށިވެސް ބަޓަރާއި ރަނގަޅަށް މިކްސްކޮށް ލާށެވެ. ދެން ޗީޒްކޮޅާއި ބިހުގެ ގޮބޮޅި އެއްކޮށްފައި މިކްސްކޮށްލާށެވެ. ބާކީހުރި ތަކެއްޗާއި ގިރާފައިހުރި ބައިތައް ރަނގަޅަށް އެއްކޮށްފައި ޓްރޭގައި ބަޓަރުހާކާލާފައި ފުށްގަނޑު ޓްރޭ އަށް އަޅާފައި އަވަނުން ފިހެލާށެވެ. ކޭކް ހިހޫވީމާ އައިސިންޝުގަރ ކޮޅެއް ފުރާނާލާފައި ކޭކް މައްޗަށް ބުރުވާލާށެވެ.